twitterviber whatsapp telegramfacebookyoutube instagram
23rd September 2026

އަންހެނުންނަށް ހުޅުވާލައިގެން ހއ އަތޮޅުގައި ވޮލީ މުބާރާތެއް، ޗެމްޕިއަން ޓީމަށް 17000 ރުފިޔާ

ނަބީލާ އިސްމާޢީލް
Nov 17, 2020

ހއ. އިހަވަންދޫ ކުލަބް ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން މުޅި ހއ. އަތޮޅަށް ހުޅުވާލައިގެން އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީޕީއެސްގެ ރައީސް މުހައްމަދު ސުޖާ ކޭއޯއަށް ވިދާޅުވީ އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ހއ. އަތޮޅު ކަނބަލުންނަށް ހުޅުވާލައިގެން އެ ކުލަބުން ބާއްވާ ދެވަނަ މުބާރާތް ކަމަށެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މި އަހަރުގެ ޖެނުއަރީގަ އެވެ.

ޗެމްޕިއަން ޓީމަށް 17،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާ ހުށައެޅިފައިވާ މި މުބާރާތުގައި ހއ. އަތޮޅުން ބައިވެރިވާ ކޮންމެ ޓީމަކަށްވެސް އަތޮޅުން ބޭރުން 2 ކުޅުން ތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ސުޖާ ވިދާޅުވި އެވެ.

އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ގަވައިދު ސީޕީއެސް އޮފީހުންނާއި އެ ކުލަބުގެ ފޭސްބްކް ޕޭޖުން ލިބެން ހުންނާނެ ކަމަށް ސުޖާ ވިދާޅުވި އެވެ.

ކޮންމެ މެޗަކުން ކުއިން އޮފް ދަ މެޗް އަދި މުޅި މުބާރާތުގެ އެންމެ މޮޅު 06 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 500 ރުފިޔާ އެވެ.

ކުލަބް ޕޯލްސްޓަރ އަކީ އިހަވަންދޫގައި ގިނަ މުބާރާތްތަކެއް އިންތިޒާމުކޮށް ހިންގާ ކުލަބު ޖަމިއްޔާ އެކެވެ. އެ ގޮތުން ގުރުއާން މުބާރާތް ތަކާއި ގިނަ ކުޅިވަރު މުބާރާތް ތަކެއް އިންތިޒާމް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293