twitterviber whatsapp telegramfacebookyoutube instagram
19th April 2024

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ރައީސް ހުޅުވައިދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Nov 19, 2020

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް، ހއ ހޯރަފުށި އެއާޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފި އެވެ. ހޯރަފުށީ އެއާޕޯޓް ރައީސް ހުޅުވައިދެއްވީ މިހާރު އެރަށުގެ އެއާޕޯޓް ސަރަހައްދުގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި އެވެ.

ރައީސް ސޯލިހް ހޯރަފުއްޓަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު 13:00 ގައި، މޯލްޑިވިއަންގެ ޕްލައިޓެއްގައި އެވެ. އެމަނިކުފާނު އެރަށަށް ވަޑައިނެވުމާއެކު ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެއާޕޯޓް ހުޅުވުން އޮތީ މެންދުރު ފަހެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން މި ސަރުކާރުން ކަނޑައަޅާފައިވާ ޕްލޭންގައި ހިމަނައިގެން ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާލީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355