twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ހޯރަފުށި އެއާޕޯޓް މަރާމާތުކޮށް އަލުން ހުޅުވަނީ

ޚަދީޖާ އާދަމް
Jun 13, 2021

ހުޅަނގު މޫސުމުގައި މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ގަދަ ވަޔާއި ވިއްސާރައިގައި އެއާޕޯޓަށް އުދަ އަރައި، ޓާމިނަލް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވެއްޔާއި ގާ އަރައި، ލިބުނު ގެއްލުން އެސެސްކޮށް، މަރާމާތުގެ މަސައްކަތްތައް ނިމެންދެން އެއާޕޯޓު އޮތީ ބަންދުކޮށްފަ އެވެ.

ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ގެއްލުންވީއިރު އެ އެއާޕޯޓު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާފައިވަނީ އިންޝުއާވެސް ނުކޮށެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކާ 1.2 ކިލޯ މީޓަރު ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީ ކުރުމަށް 211 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

އެއާޕޯޓު މަރާމާތުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީއިންނެވެ. އެކުންފުނިން ބުނީ، މި މަހުގެ އަށް ވަނަ ދުވަހު މަރާމާތުގެ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355