twitterviber whatsapp telegramfacebookyoutube instagram
1st November 2026

ހޯރަފުށީ އެއާޕޯޓު ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ޚަދީޖާ އާދަމް
Jun 9, 2022

ހއ.ހޯރަފުށީ އެއަރޕޯޓު ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމިފއިވާކަމަށް މި މަސައްކަތަ ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢައަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 90.5 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ %55 ނިމިފައިވާކަމަށާއި އެ ސަރަހައްދުގެ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތަކުގެ %94 އާއި ގްރޮއިން ޖެހުމުގެ މަސައްކަތުގެ %70 ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293