twitterviber whatsapp telegramfacebookyoutube instagram
3rd July 2025
ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި---ފޮޓޯ:ބީއެމްއެލް

ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Nov 24, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 65 މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުން ކަމަށް އެބެންކުން ބުންޏެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ވީލްޗެއަރ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ވަނީ އެހީތެރިވެދީފައެވެ.

ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި---ފޮޓޯ:ބީއެމްއެލް



ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. އަދި އެ ބޭންކުގެ އުއްމީދަކީ ވީހާ ވެސް ގިނަ މީހުންނަށް ވީލްޗެއާ ހަދިޔާކޮށް، އާއްމު ދިރިއުޅުމުގައި އަމިއްލަ އަށް ކަންކަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް ގިނަ ފަރުދުންނަށް ވީލްޗެއާ ހަދިޔާކޮށް، އެ މީހުންގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި---ފޮޓޯ:ބީއެމްއެލް


ބޭންކުގެ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމެވެ. މި 65 ވީލްޗެއަރ އާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com