twitterviber whatsapp telegramfacebookyoutube instagram
23rd December 2025

ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Nov 30, 2020

ކުޅުދުއްފުށީ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ ވީނަސްގެ ބަދިގޭގަ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގަންދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ. މި އަލިފާނުގެ ހާދިސާގައި ބަދިގޭ ކަބަޑް ސެޓާއި، ހޫޑް އަދީ ސީލިންގަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުޅުދުއްފުށީ ގެއެއްގައި ކަރަންޓް ޝޯޓްއައުޓެއްވި ކަން ރިޕޯޓްކޮށްފައި ވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355