މި އަހަރުގެ ނޮވެމްބަރު މަހުގެ 26 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 26ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.7 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 9.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދައުލަތުގެ ހަރަދަށް ބަލާއިރު އެންމެ ބޮޑު އެއް ހަރަދެއް ހިނގާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް 8.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ލޯނު ދެއްކުމަށް 833 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ޕީއެސްއައިޕީ ޕްރޮޖެކްޓު ތަކަށް 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.