twitterviber whatsapp telegramfacebookyoutube instagram
21st April 2021

ޔުނިޓީ ރަން މި އަހަރުވެސް ބާއްވަނީ

ޚަދީޖާ އާދަމް
Dec 6, 2020

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަން މި އަހަރުވެސް ބާއްވާ ގޮތަށް ނިންމައިފިއެވެ.

މިއީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވަމުން އަންނަ ދުވުމެކެވެ.

މި ދުވުމުގެ ރަށުގެ ހުރިހާ އުމުރު ފުރައިގެން މީހުން ބައިވެރިވާ ކަން ފާހަގަކޮށްލެވެ.

ރެޑްކުރެސެންޓް ހދ ގޮފީގެ ޕްރޮގުރާމް އޮފިސަރ އިބްރާހިމް މުހައްމަދު ކޭއޯއަށް ވިދާޅުވީ ރަންގައި ބައިވެރިވުމަށާއި ބިބް ގަތުމަށް އަންނަ ހަފްތާގައި ހުޅުވާލާނެކަމަށާއި އޭގެފަހުން ދުވުމާއި ބެހޭ އަޕްޑޭޓުތައް ހިއްސާކުރަމުން ދާނެ ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް އެންމެ މޮޅު އަންހެން އަދި ފިރިހެން އެއްވަނަ ދުވުންތެރިޔާ ހޮވާގޮތަށް ހަމަޖެހިފައި ވެއެވެ. އަދި

ދުވުމުގައި ދެ ޖިންސް ވަކިން އެންމެ އަވަހަށް ނިންމާ 10 ދުވުންތެރިޔަކު ހޮވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355