twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޔުނިޓީ ރަން މިމަހު 24 ގައި، ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Dec 15, 2022

ކޮންމެ އަހަރެއްގެވެސް ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ދިވެހި ރެޑް ކްރެސެންޓުން ކުޅުދުއްފުށި ސިޓީގައި ބާއްވަމުން އަންނަ "ޔުނިޓީ ރަން" މި އަހަރުވެސް އޮންނާނެކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ އިތުރުން ދިވެހި ރެޑް ކްރެސެންޓްގެ އެކި ހަރަކާތްތަކާއި ހިދުމަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންޑް ރައިޒްކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުގެ މުހިއްމުކަން އަންގައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ދުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރުއެވެ.

ދުވުމުގައި ބޭނުންކުރާ ބިބް ގަތުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބިބް ވިއްކަމުން ދަނީ އެކި އަގުތަކުގައެވެ. ބިބްތަކުގެ އަގުތަކާއި، ލިބެން ހުރި ބިބްތަކުގެ ލިސްޓު https://bit.ly/3ozbn4p މި ލިންކުން ފެންނާނެއެވެ.

ރަން ގައި ބައިވެރިވާން ޖެހެނީ އޮންލައިން ކޮންނެވެ. މި އަހަރުގެ ޔުނިޓީ ރަންގައި ދުވުން ވަނީ އެކި އުމުރުފުރާތަކަށް ބަހާލާފައެވެ.

މި އަހަރުގެ ދުވުމުގެ ހިމެނޭ އުމުރުފުރާތަކަކީ:

  • 12 އަހަރުން ދަށް
  • 13 އަހަރާއި 18 އަހަރާ ދެމެދު
  • 19 އަހަރާއި 39 އަހަރާ ދެމެދު
  • 40 އަހަރުން މަތި

ކޮންމެ އުމުރުފުރާއަކުންވެސް އަންހެން ފިރިހެން އެންމެ އަވަހަށް ނިންމާ ތިން ދުވުންތެރިން ހޮވާ މެޑެލް ދޭއިރު ކޮންމެ އުމުރުފުރާއަކުން އަންހެން/ފިރިހެން އެއްވަނަ ދުވުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުޅި ދުވުމުން އެއްވަން އަންހެން/ފިރިހެން ދުވުންތެރިޔާ ހޮވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355