twitterviber whatsapp telegramfacebookyoutube instagram
14th October 2026

ކޮވިޑާ ހެދި ޔުނިޓީ ރަން ފަސްކޮށްފި

ޚަދީޖާ އާދަމް
Dec 25, 2021

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރެޑްކުރެސެންޓް ކުޅުދުއްފުށީ ސިޓީ ޔުނިޓުން އިސްނަގައިގެން ބާއްވަމުން އަންނަ ޔުނިޓީ ރަން ފަސްކޮށްފި އެވެ.

ޔުނިޓީ ރަން ފަސްކޮށްފައި މިވަނީ މިވަގުތު ކުޅުދުއްފުށިން ފެންނަމުންދާ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީކަމަށް އެ ޔުނިޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އެގޮތުން ޔުނިޓީ ރަން ބާއްވާނެ ސީދާ ތާރީހެއް އިއުލާންކޮށްފައި ނުވާއިރު އެ ޔުނިޓުން ބުނީ ރަން ބާއްވާނީ އަންނަ ޖެނުއަރީ މަހުގެ ކޮންމެވެސް ދުވަހެއްގައި ކަމަށެވެ. އެގޮތުން ކޮވިޑް ރައްކާތެރިވުމަަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އެ ޔުނިޓުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ދުވުމަކީ ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވަމުން އަންނަ ދުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293