twitterviber whatsapp telegramfacebookyoutube instagram
17th May 2024

އުތުރާ ދެކުނުން ޓޫރިޒަމް ބިމު ކުލި ކުޑަކުރަން ފާސްކޮށްފި

ޚަދީޖާ އާދަމް
Dec 8, 2020

އުތުރާއި ދެކުނުގެ ޓޫރިޒަމްގެ ބިމު ކުލި ކުޑަކުރުމަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ހުށަހެޅުންތަކާއެކު އެ ބިލު ފާސްވީ، 57 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމެވެ.

ހއ، ހދ އަދި ށ. އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު ހަތަރު ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 750،000 ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު އެއް މިލިއަން ޑޮލަރެވެ.

އައްޑޫ އާއި ފުވައްމުލަކުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް ނަގާނީ އަހަރަކު ދެ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު ބޮޑުވެގެން 400،000 ޑޮލަރެވެ. ހަތަރު ލައްކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކަށް ބޮޑުވެގެން 800،000 ޑޮލަރުގެ ކުއްޔެކެވެ.

މާލެ ސަރަހައްދު ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، އަދި ދ ކުލި ނަގަން ބިލުގައި ހިމަނާފައިވަނީ މިހާރުވެސް ނަގާ އަދަދަށެވެ. އެގޮތުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު އަށް ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކުން އެންމެ ބޮޑުވެގެން އަހަރަކުު ނެގޭނީ 1.5 މިލިއަން ޑޮލަރުގެ ކުއްޔެކެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު ދެ މިލިއަން ޑޮލަރެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ބިންތައް ދޭން ހަމަޖެހިފައިވާ ގޮތަކީ ހއ. އަދި ހދ އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރު ދެ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 375،000 ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު 500،000 ޑޮލަރެވެ.

ށ. ތ، ލ، ގއ. އަދި ގދ އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރު ތިން ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 562،500 މިލިއަން ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު 750،000 މިލިއަން ޑޮލަރެވެ.

މާލެ ސަރަހައްދު ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، އަދި ދ ކުލި ނަގަން ބިލުގައި ހިމަނާފައިވަނީ ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު ހަތަރު ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 750،000 މިލިއަން ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު އެއް މިލިއަން ޑޮލަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355