twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރާއްޖެއާއި ޗައިނާއާއި ދެމެދު މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވަނީ

ޚަދީޖާ އާދަމް
Dec 9, 2020

ރާއްޖެ އާއި ޗައިނާ ސަރުކާރާ ދެމެދު މަތީ ލެވަލްގެ މަޝްވަރާތައް މާދަމާ ބާއްވަން ނިންމައިފި އެވެ.

މި މަޝްވަރާތަކުގެ ބޭނުމަކީ ދެ ގައުމުގެ ސަރުކާރުގެ އިސްވެރިން ނިންމާފައިވާ އެކި ކަހަލަ ސިޔާސަތުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން "ވޯކިން ސެޝަނެއް" ގެ ގޮތުގައި މަސައްކަތްކޮށް، ކުރިއަށް ދާނެ ގޮތްތައް ހޯދުމެވެ.

ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޗެންގް ސޮންގް އެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް ފަތުރުވެރިކަން ކުރިއެރުވުމާއި ބައިނަލްއަގުވާމީ ދަތުރުފަތުރާ ބެހޭ ގޮތުން ވެސް އެއް ދުވަހުގެ އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.

ޗައިނާ އަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ގައުމުކަން ފޮރިން މިނިސްޓްރީން ފާހަގަކުރެ އެވެ. ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރާއިރު ތަރައްގީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ހުއްޓުމެއް ނެތި މަޝްވަރާ ކުރެ އެވެ.

ގައުމުގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި މި މަޝްވަރާތައް އިސް ދައުރެއް އަދާކުރާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާ އަކީ ކޮވިޑް-19ގެ ހާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355