twitterviber whatsapp telegramfacebookyoutube instagram
26th October 2021

ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Dec 15, 2020
1

ޑަބްލިއު ސްޕޯޓްސް އެކަޑެމީ (ޑަބްލިއުއެސްއޭ)އާ ބެޑްމިންޓަން އެސޯސިއޭޝަން ގުޅިގެން ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ބާއްވަން އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ޑަބްލިއުއެސްއޭގެ ފަރާތުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ "ލިޔާ ޑަބްލިއުއެސްއޭ ކުޅުދުއްފުށީ ބެޑްމިންޓަން ސީރީސް 2021" ނަމުގައި ކުރިއަށްގެންދާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 11 ވަނަ ދުވަހު ކަމަށެވެ.

ޓީމް އިވެންޓް އަދި އޯޕަން ކެޓަގަރީ ހިމެނޭ ގޮތަށް ދެ ކެޓަގަރީއަކަށް ހުޅުވާލެވިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ ކުޅުންތެރިއަކަށް -/50 ރުފިޔާ އެވެ. އަދި ޓީމް އިވެންޓްގައި ބައިވެރިވުމުގެ ސުންގަޑި އަކަށް މިމަހުގެ 22 ވަނަ ދުވަހުގެ 22:00 ހަމަޖެހިފައިވާއިރު އޯޕަން ކެޓަގަރީގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ 22:00 އެވެ.

18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ދެޖިންސައް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މިމުބާރާތަކީ ހަމަ އެކަނި ކުޅުދުއްފުށީގައި ދިރިއުޅޭ މީހުނަށް ބައިވެރިވޭ މުބާރާތެކެވެ.

ޓީމް އިވެންޓު އަންހެން އަދި ފިރިހެން ދެ ޖިންސައް ހުޅުވާލާފައިވާއިރު އޯޕަން ކެޓަގަރީގައި ސިންގަލްސްގެ އިތުރުން ޑަބަލްސް އަދި މިކްސް ޑަބަލްސްއަށް ހުޅުވާލާފަ އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ލިޔާ އެވެ.

މި މުބާރާތުގެ ގައި ރަޖިސްޓްރީވުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް 7911665 ނުވަތަ 9886896 އަށް ގުޅުމަށް ޑަބްލިއު ސްޕޯޓްސް އެކަޑަމީން އެދެ އެވެ.

ޑަބްލިއުއެސްއޭއަކީ ނޭޝަނަލް އަދި ރަށުފެންވަރުގައި ގިނަ މުބާރާތްތަކެއް ރާވައި އިންތިޒާމްކޮށް ކުރިއަށްގެންދާ އެކަޑެމީ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355