twitterviber whatsapp telegramfacebookyoutube instagram
8th September 2026

ކައުންސިލަރު ސަމާ މިއަދުގެ ޖަލްސާއަށް ވަޑައެއް ނުގަންނަވާ!

އަބްދުލް ވާހިދު ޙަސަން
Dec 16, 2020
7

ކޮންމެ ހަފްތާއަކުން އެއްދުވަސް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި އޮންނަނީ ކޮންމެ ބުދަ ދުވަހެއްގެ ހެނދުނު 8:30 ގައި އެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވީ ތިން މެމްބަރުންނެވެ. އެއީ ކައުންސިލަރުގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި ނައިބު ރައީސް އަލީ ހާޝިމް، އަދި ކައުންސިލް މެމްބަރު މުހައްމަދު ވަފާޒެވެ. ކައުންސިލް މެމްބަރު އަހުމަދު ސަލީމާއި ކައުންސިލް މެމްބަރު ސަމާ އަލީ ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ.

ބައްދަލުވުން ނިންމުމުން ދެ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވީ ކީއްވެތޯ ސުވާލުކުރުމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ، މެމްބަރު އަހުމަދު ސަލީމް ހުންނެވީ ޗުއްޓީގައި ކަމަށާއި މެމްބަރު ސަމާ މިއަދު ވަޑައިނުގެންވި ސަބަބުން ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ.

އެރަށެއްގައި ހުރި މުހިންމު ކަންކަމާއި ކައުންސިލުން ކުރާ މުހިންމު މަސައްކަތްތަކާމެދު ބަހުސްކޮށް، އެންމެ ރަނގަޅު ނިންމުންތައް ނިންމުމަށް ބާއްވާ މި ބައްދަލުވުމުގެ މިއަދުގެ ޖަލްސާއަށް ކައުންސިލް ފަރާތުންވެސް އަދި އިދާރީގޮތުންވެސް އެއްވެސް ކަމެއް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވުމުން ބައްދަލުވުމުގައި އޮތީ ޔައުމިއްޔާ ފާސްކުރުން އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293