twitterviber whatsapp telegramfacebookyoutube instagram
8th June 2026

"މޯލްޑިވްސް-ސްރީލަންކާ ކޭބަލް" ހުޅުމާލެއާ ގުޅާލައިފި

ޚަދީޖާ އާދަމް
Dec 16, 2020

ސްރީ ލަންކާ ކޭބަލް (އެމް.އެސް.ސީ) ސްރީ ލަންކާގެ ކޮލޮމްބޯއިން ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ލޭންޑިންގް ސްޓޭޝަންއާއި ކާމިޔާބުކަމާއެކު ގުޅާލައިފިއެވެ.

ވޭވްލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީ އަކީ ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ކޭބަލްއެކެވެ.

22 މިލިއަން ޑޮލަރގެ މި އެމްއެސްސީ ޕްރޮޖެކްޓްއާއިއެކު ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް، ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓަރ އާއި ވެވުނު އެއްބަސްވުމުގެ ދަށުން، އެމްއެސްސީ ގެ އަމަލީ މަސައްކަތް މިއަހަރު ކުރީކޮޅު ވަނީ ފަށާފައެވެ. ވާވޭ މެރީން ނެޓްވާރކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގްއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އެޅިފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355