twitterviber whatsapp telegramfacebookyoutube instagram
27th October 2025

ލަންކާގެ ރައީސް ކަމަށް ރަނިލް ހޮވައިފި

ނަބީލާ އިސްމާޢީލް
Jul 20, 2022

ލަންކާގެ ރައީސަކަަށް ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފި އެވެ. އެމަނިކުފާނު ރައީސް ކަމަަށް ވަޑައިގެންނެވީ ރައީސަކު ހޮވުމަށް މިއަދު އޮތް ޕާލިމަންޓް ޖަލްސާގައި މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ.

ހަވަނަ ދައުރަކަށް ސްރީލަންކާގެ ބޮޑުވަޒީރުގެ މަޤާމު މިހާރު ފުރުއްވަމުން ގެންދަވާ ވިކްރަމަސިންހަ އިންތިހާބު ކާމިޔާބު ކުރެއްވީ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި 134 މެންބަރުންގެ ތާއީދު ހޯއްދަވައިގެންނެވެ.

ރަނިލް ވިކްރަމަސިންހައާ ވާދަކުރެއްވީ ދުލާސް އަލަހައްޕެރޫމާ އާއި އަނޫރާ ކުމާ ޑިސަނާޔަކޭ އެވެ.

މިމަހު ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވެސް އިސްތިއުފާ ދެއްވުމަށް ފަހު ރަނިލް ވިކްރަމަސިންހަ ވަނީ އެކްޓިން ރައީސް ކަމަށް އައްޔަން ކުރައްވާފަ އެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދައުރުގެ ބާކީ އޮތް ބައި ފުރިހަމަ ކުރުމަށް އާ ރައީސަކު އިންތިހާބު ކުރަންޖެހެއެވެ.

މިއީ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި ފުރަތަމަ ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355