twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޗައިނާގެ އަސްކަރީ އުޅަނދު ސްރީލަންކާގައި ބަނދަރުކޮށްފި

ނަބީލާ އިސްމާޢީލް
Aug 17, 2022

ޗައިނާގެ އަސްކަރިއްޔާގެ ދިރާސާ ކުރާ މަނަވަރެއް ސްރީލަންކާގައި ބަނދަރުކޮށްފިއެވެ. "ޔުއާން ވޮންގް 5"ގެ ނަން ދީފައިވާ މި މަނަވަރު ބަނދަރުކޮށްފައި ވަނީ ސްރީލަންކާގެ ދެކުނުގައިވާ ހަމްބަންޓޯޓާ ބަނދަރުގައެވެ.

ޗައިނާގެ މަނަވަރު ލަންކާގައި ބަނދަރުކުރުމަށް އެގައުމުން ހުއްދަ ދީފައި ވަނީ ހޮނިހިރު ދުވަހުއެވެ. މިމަނަވަރު ލަންކާގެ ބަނދަރުގައި އޮންނާނެ ކަމަށް ބުނެފައި ވަނީ އޮގަސްޓް 16ން 22ށެވެ. މި މަނަވަރަކީ، ޖައްވާއި ސެޓެލައިޓްތަކުގެ އިތުރުން އިންޓަރ-ކޮންޓިނެންޓަލް މިސައިލް ފަދަ ހަތިޔާރުތައް މޮނީޓަރ ކުރުމުގެ ޤާބިލިއްޔަތު ކަން ލިބިފައިވާ ދިރާސާ ކުރާ އުޅަނދެކެވެ. އަދި ސައިންސްގެ ހޯދުންތަކަށް ކުޅަދާނަ އުޅަނދެކެވެ.

ޗައިނާގެ މަނަވަރެއް އިންޑިއާ ކަނޑުގައި، އިންޑިއާއާ އެހާ ގާތު ބަނދުރުކުރުމާ ގުޅޭގޮތުން މިދިޔަ މަހު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. މިއީ އެގައުމުގެ ސަލާމަތީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހިމޭނޭ ކަމެއް ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު އެސް. ޖައިޝަންކަރް، ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ އަރިހު ދަންނަވާފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޗައިނާ މަނަވަރެއް އިންޑިއާ ކަނޑުގައި ކުރާ ކަމަކާ މެދު އިންޑިއާ ވަރަށް ކަންބޮޑުވެ އެވެ. ނަމަވެސް، އިންޑިއާ ކަނޑުން ތަންކޮޅެއް އަމިއްލަ ކުރުމަކީ ޗައިނާ އަދި އިންޑިއާ ވެސް އެދޭ ކަމެކެވެ.

މަނަވަރު ބަނދަރުކުރުން ފަސްކުރުމަށް ޗައިނާއަށް އެންގި ސަބަބެއް ލަންކާ ސަރުކާރުން ސީދާ ހާމަކޮށްފައެއް ނުވެއެވެ.

ހަމްބަންޓޯޓާ ބަނދަަރު އަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ޖުމްލަ 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި އެ ބަނދަރަކީ އޭޝިއާ އާއި ޔޫރަޕާ ދެމެދުގައިވާ މައި ޝިޕިން ރޫޓް ކައިރީގައި އޮންނަ ބަނދަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355