twitterviber whatsapp telegramfacebookyoutube instagram
10th July 2026

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި

ޚަދީޖާ އާދަމް
Dec 16, 2020
1

ވައްކަމުގެ މައްސަލައެއްގައި ފުލުހަށް ހާޒިރުކުރަން ބޭނުންވާ ކުޅުދުއްފުށީ މީހަކު ހޯދުމަށް އާންމުގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ ހދ. ކުޅުދުއްފުށީ، ލަންދޫގެ އަބްދުﷲ އިބްރާހިމް (36އ) ހޯދުމަށެވެ. މީނާ އުޅޭ ވަކިތަނެއް ނޭނގޭތީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް މި މީހާއަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ 10:00 އަށް ކަމުގައި ފުހުން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355