twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސިފައިންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

Dec 17, 2020

ސިފައިންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފިއެވެ.

ހދއަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުރިއަށްދާ މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސިފައިންގެ އާއި ސިފައިންގެ ވަޒީފާ އާ ގުޅޭ ގޮތުން މައުލޫމަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ސިފައިންގެ ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިންގޭގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރުމަށް ވަނީ ހަމަޖެހިފައިވާއިރު ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއަދު ކުޅުދުއްފުށީގައި ފެށިގެންދިޔަ މި ޕްރޮގްރާމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤު ވަނީ ބައިވެރިވެވަޑައިގެން ޒިޔާރަތްކުރި ފަރާތްތަކަށް މައުލޫމާތު ދެއްވާފައެވެ.

މި ޕްރޮގްރާމުގައި ސިފައިންގޭގައި ހުރި ފުރުސަތުތަކާއި ސިފައިންގެ އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފައެވެ. ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ކުރިއަށް ދާ ދުވަސްތަކުގައި ކުރިއަށް ގެންދާ މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމް ހދ.ކުޅުދުއްފުށީގެ އިތުރުން ހއ.ދިއްދޫ އާއި ހއ.އިހަވަންދޫގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355