twitterviber whatsapp telegramfacebookyoutube instagram
18th September 2026

މާލޭ ސަރަހައްދުގައި އިއުލާނުކުރި ކާފިއު އުވާލައިފި

ނަބީލާ އިސްމާޢީލް
Dec 19, 2020

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހަައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލައިފި އެވެ.

ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނާތީ ކޮވިޑާގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން ގޮސް މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި އޮތީ ރޭގަނޑު 00:00 އިން ފެށިގެން ފަތިހު 04:00 އާ ހަމަ އަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ރެއިން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުން ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި 14 މީހުންނަށްވުރެ ގިނައިން އެތަނަކަށް އެއް ނުވެވޭނެ ގޮތަށްވެސް ވަނީ ލުއި ދީފައެވެ.

އަދި ނެގެޓިވް ނަތީޖާއަކާއި އެކު ރާއްޖޭން ބޭރުން އަންނަަ މީހުން ކަރަންޓީން ވާން ނުޖެހޭގޮތައްވެސް ވަނީ ހަދާފަ އެވެ. މީގެ އިތުރުން ނެގެޓިވް ނަތީޖާ އަކާއެކު ދިވެހިންނަށް ރިސޯޓް ތަކަށް ޗުއްޓީ ހޭދަ ކުރަން ދެވޭގޮަތަށްވެސް ވަނީ ލުއިދީފަ އެވެ.

ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އަދިވެސް މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ކަރަންޓީންވުން ލާޒިމެވެ. އެ ނިންމުމަކަށް ބަދަލު ނައި ނަމަވެސް އެ އުސޫލަށްވެސް ވަނީ ލުއިދީފަ އެވެ. މިހާރު ހޯމް ކަރަންޓީންގެ މުއްދަތު 14 ދުވަހުގެ ބަދަލުގައި 10 ދުވަހަަށް ވަނީ ބަދަލު ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293