twitterviber whatsapp telegramfacebookyoutube instagram
3rd December 2024

އޭސިޔާ ސަރަހައްދުގައި ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު އެންމެ މަތީ ރާއްޖޭގަ: ޔޫއެންޑީޕީ ރިޕޯޓް

Dec 20, 2020
1

ބައިބައިވެފައިވާ މުޖުތަމައުތަކުގެ ސަބަބުން މީސްމީހުންނާއި މުޅި ދުނިޔެ ދެކޮޅުވެރިކަމުގެ މަގަށް ހިނގައިދާނެކަމަށް ޔޫއެންޑީޕީން އެންމެ ފަހުން ނެރުނު އިންސާނީ ތަރައްގީގެ ރިޕޯޓުގައި ބުނެފި އެވެ.

ރިޕޯޓޫން އެނގޭގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ "މެޓީރިއަލް ފުޓްޕްރިންޓް" އެންމެ މަތީ ރާއްޖޭގަ އެވެ.

ދުނިޔެއަށް އެންމެ ފަހުން ކުރިމަތިވެފައިވާ ކާރިސާއަކީ ކޮވިޑް-19 ޕެންޑެމިކް އެވެ. ނަމަވެސް ތިމާވެށީގެ މައްޗަށް އިންސާނުން އަތްގަދަކުރުން އަތްގަދަކުރުން ހުއްޓާނުލާނަމަ އެއީ އެންމެ ފަހު ކާރިސާއަށް ނުވާނެކަން އ.ދ.ގެ ތަރައްގީއާބެހޭ ޖަމާއަތް (ޔޫއެންޑީޕީ)ގެ އާ ރިޕޯޓުގައި ބުނެ އެވެ. އެ ރިޕޯޓުގައި ގައުމުތަކުން ކާބަންޑައި އޮކްސައިޑް ބޭރުކުރާ މިންވަރާއި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ މެޓީރިއަލް ފުޓްޕްރިންޓް އަށް ބަލައި އިންސާނީ ކުރިއެރުން މިންކުރާނެ އާ އެކްސްޕެރިމެންޓަލް އިންޑެކްސް ތަހުލީލަށް ބޭނުންކުރާ މިންގަނޑު ތާވަލެއް ހިމަނާފައިވެ އެވެ.

ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރ އަކިމް ސްޓެއިނާ ވިދާޅުވީ އެއްވެސް ޒަމާނެއްގައި އޮތް ވަރަށްވުރެން ބޮޑު ބާރެއް މިހާރު އިންސާނުންނަށް ދުނިޔޭގެ މައްޗަށް އޮންނަ ކަމަށާއި ކޮވިޑް-19 އާއި ރިކޯޑު މިންވަރަކަށް ދުނިޔެ ހޫނުވުމާއި ހިފެހެއްޓުމެއްނެތް މިންވަރަށް ހަމަހަމަކަން ނެތުމުގެ މައްސަލައިގެ އަލީގައި ލިބިފައިވާ ބާރުގެ ބޭނުންކުރަންވީ ކުރިއެރުން މަނާކުރާގޮތް ބަދަލުކުރަން ކަމަށެވެ. އެކަން ކުރެވޭނީ ކާބަން އާއި ވަސީލަތްތައް ބޭނުންކުރާ ނިސްބަތް ސިއްރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްގެން ކަމުގައެވެ.

"އެންތުރޮޕޮސީން" ނުވަތަ އިންސާނުންގެ ޒަމާނުން ނަންދީފައިވާ މުޅި އާ ޖިއޮލޮޖިކަލް އެޕްކް އަކަށް އިންސާނުންނާއި މުޅި ދުނިޔެ މިސްރާބުޖަހާފައިވާއިރު އިންސާނުންގެ ފަރާތުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތެރި ފިއްތުންތައް ދެނެގަނެ ހުރިހާ ގައުމުތަކަކުންވެސް ތަރައްގީ ހާސިލުކުރުމަށްޓަކައި ހިޔާރުކޮށްފައިވާ މަގާމެދު އަލުން ވިސްނަންވީ ވަގުތު އައިސްޖެހި ބަދަލެއްގެނައުމަށް ހުރަސްއަޅާ ބާރާއި ފުރުސަތުތައް ލިބުމުގައި ހުރި ފަރަގުތައް ނައްތާލަންވީ ވަގުތެވެ.

މި ނުކުތާ ތަމްސީލުކޮށްދިނުމުގެ ގޮތުން އިންސާނީ ތަރައްގީގެ ރިޕޯޓުގެ 30 ވނަ އަހަރީ އިސްދާރު "ޖެހިގެން އޮތް ހަރުފަތް: އިންސާނީ ތަރައްގީ އަދި އެންތްރޮޕޮސިން" ގައި ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އަށް އާ ތަހުލީލީ ނަޒަރަކުން ބަލާލާފައިވެ އެވެ.

އެޗްޑީއައި އަކީ ގައުމެއްގައި ސިއްހަތާއި، ތައުލީމު އަދި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މިންގަޑެކެވެ. މީގެ ތެރެއަށް ގައުމުން ކާބަންޑައި އޮކްސައިޑް ބޭރުކުރާ މިންވަރާއި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު މިކަންތައް އިތުރުކުރުމުން އާންމުކޮށް އިންސާނުންނާއި ދުނިޔޭގެ ދުނިޔޭގެ ދުޅަހެޔޮކަމަކީ އިންސާނީ ކުރިއެރުން މިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ބަލައިފިނަމަ ބައިނަލްއަގުވާމީ ތަރައްގީގެ ބޮޑުމަންޒަރު ބަދަލުވެގެން ދާންގޮތް ދައްކުވައިދެ އެވެ.

ނަތީޖާއެއްގެ ގޮތުން ނެރެވޭ ޕްލެނެޓަރީ ޕްރެޝަރސް އެޖަސްޓެޑް އެޗްޑީއައި ނުވަތަ ޕީއެޗްޑީއައި ގެ ސަބަބުން އެދެވޭ މަންޒަރަކަށް ނުވިނަމަވެސް އިންސާނީ ކުރިއެރުމުގެ ސާފު ތަސައްވަރު ދައްކުވައިދެ އެވެ.

މި އަހަރުގެ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސްގައި 189 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 95 ވަނައިގަ އެވެ. 1990 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި މީހުން ދިރިހުންނަ އާންމު އުމުރު 17.4 އަހަރު އިތުރުވެފައިވެ އެވެ. އަދި ގްރޮސް ނޭޝަނަލް އިންކަން (ޖީއެންއައި) ބޮލަކަށް ޖެހޭ ނިސްބަތް 132 އިންސައްތަ ވަނީ އިތުރުވެފަ އެވެ. އަދި މި އަހަރުގެ ރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝީއާ ސަރަހައްދުގައި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު އެންމެ މަތީ ރާއްޖޭގަ އެވެ. އެއީ 14.5 ޓަނެވެ. މިއީ ދުނިޔޭގެ އެވަރެޖް އަދަދުކަމަށްވާ 12.3 ޓަނަށްވުރެވެސް މަތީ އަދަދެކެވެ.

ޔޫއެންޑީޕީގެ ރާއްޖޭގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީ ކޯ ފުޖީ އާއި މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އަދި ފިސަރީޒް މިނިސްޓަރ ޒަހާ ވަހީދު ލިޔުއްވާފައިވާ އޮޕީނިއަން އެޑިޓޯރިއަލްއެއްގައި މި ޒަމާނުގައި އިންސާނީ ތަރައްގީ ހާސިލުކުރުމަށްޓަކައި "މުޅި މުޖުތަމައުގެ ރައްދެއް" ބޭނުންވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އިންސާނީ ތަރައްގީގެ ދެން އޮތް ހަރުފަތުގައި ގުދުރަތީ ވެއްޓާ ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި ގުދުރަތީ ވެއްޓާއެކު މަސައްކަތްކުރުން ކޮންމެހެން މުހިންމެވެ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން މިކަން ކުރަންޖެހޭނީ މުޖުތަމައުގެ އާދަތަކާއި އުސޫލުތަކާއި ސަރުކާރު މާލީ ކަންކަން ބަދަލުކޮށްގެނެވެ.

ހަމަހަމަކަން ނެތުމުގެ މައްސަލަ ހައްލުކުރެވޭނީ އާންމުގެ މަސައްކަތުންކަމަށް ރިޕޯޓްގައިވެއެވެ. އޭގެ މިސާލުތަކުގެ ތެރޭގައި ބޮޑު އާމްދަނީ ލިބޭ މީހުން އަތުން ގިނައިން ޓެކްސް ނެގުމާއި ރައްކާތެރިކުރުމުގެ އިންވެސްޓްމަންޓުތަކާއި އިންޝްުއަރެންސްގެ ތެރެއިން ޖަޒީރާ މުޖުތަމައުތައް ހިމާޔަތް ކުރުން ހިމެނެ އެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ ތިރި ޖަޒީރާ ތަންތަނުގައި ދިރިއުޅޭ 840 މިލިއަން މީހުން ރައްކާތެރިވެދެ އެވެ.

ޔޫއެންޑީޕީއަކީ ފަގީރުކަމާއި ހަމަހަމަކަން ނެތުމާއި މޫސުމަށް އަންނަ ބަދަލުތައް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ އ.ދ.ގެ ޖަމާއަތްތަކުގެ ތެރެއިން އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355