twitterviber whatsapp telegramfacebookyoutube instagram
17th September 2025

އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ބޭނުންކުރަމުން އަންނަ ސޯޝަލް އިނޮވޭޝަން ޕްލްޓްފޯމް އެޕްރޯޗް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި

Sep 17, 2025

ޔޫއެންޑީޕީގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ކާމިޔާބުކަމާއެކު ޓެސްޓްކުރަމުން އަންނަ ސޯޝަލް އިނޮވޭޝަން ޕްލެޓްފޯމް (ސިޕް) އެޕްރޯޗް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި އެވެ.

މި އެޕްރޯޗަކީ ލާމަރުކަޒީ ހިންގުމުގައި ކައުންސިލްތަކާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ސީދާ ރައްޔިތުންގެ ވާހަކަތަކާއި ކަންބޮޑުވުންތައް ކަނުލާ އަޑުއަހައިގެން، އޭގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ބައިވެރިވުމާއިއެކު އެކަންކަމުގެ ހައްލު ހޯދުމަށްޓަކައި އެކި ލެވެލްތަކުގައި ކުރެވޭނެ މަސައްކަތްތައް ޕްލޭންކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ތަޢާރަފްކޮށް ޓެސްޓްކުރަމުން އަންނަ މެތަޑޮލޮޖީއެކެވެ.

މި މުހިއްމު މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 8 އިން 9 އަށް ކުރިއަށް ގެންދިޔަ ސިޕް މެތޮޑޮލޮޖީގެ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމް ނަގައިދިނީ ޔޫއެންޑީޕީގެ ބޭންކޮކް ރީޖަނަލް އޮފީހުގެ ބޭފުޅުންނެވެ.

އަދި އެބޭފުޅުންނާއެކު ޔޫއެންޑީޕީގެ ރީޖަނަލް ގަވަރނަންސް އެޑްވައިޒާ، ޑިއާނާ ޓޯރޭޒްވެސް ކުޅުދުއްފުއްޓަށް ވަޑައިގެން ތަމްރީން ކުރިއަށްދިޔަ ގޮތް ބައްލަވާލައްވާ، ތަމްރީންގެ ބައިވެރިންނާއެކު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސިޕް މެތޮޑޮލޮޖީގައި ރައްޔިތުންގެ ވާހަކަތައް އަޑުއެހުމަށާއި، ފާހަގަކުރެވޭ މައްސަލަތަކުގެ ހައްލު ހޯދުމަށް ބޭނުންކުރެވޭ ޓޫލްތައް މިތަމްރީންގެ ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. މި މެތޮޑޮލޮޖީއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައިވެސް ތަރައްގީ ބައްޓަންކުރުމުގައި ބޭނުންކުރެވޭނެ އެއްޗަކަށް ހެދުމަށްޓަކައި، މިތަމްރީން ޕްރޮގްރާމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 19 މުވައްޒަފުންނާއި، ޔޫއެންޑީޕީގެ މުވައްޒަފުންގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު ހިދުމަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.

މިތަމްރީން ފުރިހަމަކުރި ބައިވެރިން މިހާރު އަންނަނީ ސިޕް މެތޮޑޮލޮޖީ ބޭނުންކޮށްގެން ކުޅުދުއްފުށީގެ ރައްޔިތުންގެ ވާހަކަތައް އަޑުއަހާ، ހާލަތު ދެނެގަތުމަށްޓަކައި ރަށުގެ އެކިއެކި މުވައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއިއެކު މަސްލަހަތުވެރިންގެ ބައްދަލުވުންތައް ބާއްވާ، މަޢުލޫމާތު އެއްކުރަމުންނެވެ.

ޔޫއެންޑީޕީގެ ފަރާތުން މިމައުލޫމާތު ދިރާސާކުރުމަށްފަހު އޭގެ މައްޗަށް ބިނާކޮށް، އެންމެ ބޮޑަށް ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރުމަށް އެކި ލެވެލްތަކުގައި ކުރެވޭނެ މަސައްކަތްތަކުގައި ތަފްސީލް ޕޯޓްފޯލިއޯއެއް ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355