twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން އިފްތިތާހްކޮށްފި

މުޙައްމަދު އަހުމަދު
Nov 10, 2021

ދަ ޔުނައިޓެޑް ނޭޝަންސް ޑިވެލަޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ދިރާގާ ގުޅިގެން ރާއްޖޭގައި "ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން" އިފްތިތާހްކޮށްފި އެވެ.

މިކަން އިފްތިތާހްކޮށްފައިވަނީ އިއްޔެ ސޯލްޓް ރެސްޓޯރަންޓް އެންޑް ކެފޭގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. މިކަން އިފްތިތާހްކުރެވިގެން ދިޔައިރު މިދާއިރާގެ ތަޖުރިބާކާރުން ބާއްވާ 10 ދުވަހުގެ ފިލްމްމޭކިން ތިއަރީ ވޯކްޝޮޕެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

2017 ވަނަ އަހަރު ފެށުނު "ފިލްމް ފޯ ޗޭންޖް"ގެ މަގްސަދަކީ ފިލްމް ބޭނުންކޮށްގެން އެކި ޑައިލޮގުތައް ހަދާ އޭގެ ބޭނުންކޮށްގެން ޒުވާނުންނާއި ޑިޒިޝަން މޭކަރުންނާއި ފުޅާ ދާއިރާއެއްގައި މުޖްތަމައުގެ ތެރޭގައި ހުރި އިޖްތިމާއީ މައްސަލަތައް ދެއްކުމެވެ.

މިއަހަރުގެ ސީރީޒްގައި ބޮޑަށް އަލިއަޅުވާލެވިފައި އޮތީ ހޯދާ ބެލުމަށް ޒުވާނުންނަށް ބާރުއެޅުމާއި ހިތްވަރު ދިނުމެވެ. އަދި ނެރޭޓިވްސް ބޭނުންކޮށްގެން މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތައް ފިލްމް މީޑިއަމްގެ ތެރެއިން ދައްކާލުމެވެ.

މިޕްލެޓްފޯމްގައި މޯބައިލް ފޯނާއި ޓެބްލެޓްފަދަ އެއްޗެހި ބޭނުންކޮށްގެން ޑޮކިއުމެންޓްރީ ކަހަލަ ކުދި ފިލްމްތައް އުފެއްދުމަށް ބޭނުންވާ މުހިންމު ޓެކްނިކަލް އަދި ފަންނުވެރި ހުނަރުތައް ފޯރުކޮށްދެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މިޕްރޮގްރާމާއި މެދު ވަރަށް ގިނަ ސަބަބުތަކާ ހުރެ ހިތްހަމަޖެހޭ ކަމަށެވެ. އަދި މިއީ ގަބޫލުކުރާގޮތުގައި ވަރަށް ތަފާތު މީގެ ސަބަބުން ޒުވާނުންގެ އަޑު މުޖްތަމައަށް ގެނެސްދޭނެ ބާރުގަދަ އޭގެން ނަތީޖާ ނުކުންނާނެ ކަހަލަ އެޕްރޯޗެއް ކަމަށެވެ.

މީގެ އެންމެ ރަނގަޅު ތަންކޮޅަކީ މިއީ ފިލްމްގެ ޒަރީއާއިން ގެނެސްދެވޭ އެމީހެއްގެ އަމިއްލަ ވާހަކައެއް ނުވަތަ ނެރޭޓިވްއެއް ކަމަށާއި އުއްމީދުކުރަނީ މިކަމަކީ ވިސްނާ ހޯދާ ދިރާސާކޮށް މިއަހަރުގެ ކްލައިމެޓް އެޑިޝަންގެ ތެރެއިން މޫސުމީ ބަދަލުތަކާ ބެހޭ މުހިންމު މައްސަލަތަކަށް އަލިއަޅުވާލެވޭނެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

ޔޫއެންޑީޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ވޭރާ ހަކީމް ވަނީ "ފިލްމް ފޯ ޗޭންޖް" ފަދަ މަސައްކަތްތަކުގައި ޔޫއެންޑީޕީއާއެކު އޮންނާތީ އެކަމަށް ޝުކުރުއަދާކޮށްފަ އެވެ. އޭނާ ވަނީ މިއަހަރުގެ "ފިލްމް ފޯ ޗޭންޖް" އާއި ކޮޕް26 އާ މޫސުމީ ބަދަލުތަކަށް މިވަގުތު ދުނިޔެ ކުރަމުންދާ ހަނގުރާމައާއި މިކަމާ ހުރި ގުޅުން ބަޔާންކޮށްދެއްވާފަ އެވެ.

ޔޫއެންޑީޕީ އޮތީ މޫސުމީ ބަދަލުތަކާ ކުރިމަތިލާން ތައްޔާރަށް ކަމަށާއި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާތައް އެއްކޮށް ގެނެސް ސްސްޓެއިނަބަލް ޑެވަލަޕްމަންޓް އަދި ކޮމިއުނިޓީ ރެސިލިއަންސަށް ކުރަމުން އަންނަ މަސައްކަތްތައް ދައްކާލަން މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މޫސުމާ އަންނަ ބަދަލުތަކަށް އަޑުއުފުލަން ޒުވާނުންނަށް ބާރުއެޅުމާއި އާ އައިޑިއާތަކާއި ހައްލުތައް ހާމަކޮށްދިނުމަށް ފަސޭހަ ޕްލެޓްފޯމެއް ފޯރުކޮށްދޭން ފޯކަސްކުރާ ކަމަށް ވޭރާ ހަކީމް ވިދާޅުވި އެވެ.

"ފިލްމް ފޯ ޗޭންޖް"ގެ ޒުވާން ބައިވެރިން ޓްރެއިނިން އަދި ޕޯސްޓް ޕްރޮޑަކްޝަން ކޮމްޕޮނެންޓެއް ފުރިހަމަ ކުރާނެ އެވެ. މިކަން ކުރިއަށްދާނީ ސަސްޓެއިނަބަލް ޑެވަލަޕްމަންޓް ގޯލް: ކްލައިމެޓް އެކްޝަން (އެސްޑީޖީ-13) ތީމުން އިންސްޕަޔާ ވެގެން ޓްރެއިނީސް ގްރޫޕްތަކަކަށް ބަހާލައިގެން ދާއިރާގެ ތަޖުރިބާކާރުންނާއެކު ފަސް ފިލްމެއް އުފައްދާނެ އެވެ. އަދި އެއަށްފަހު ސޯޝަލް މީޑިއާ އަދި އެހެން ޕަބްލިކް ޕްލެޓްފޯމްތަކުގައި މިފިލްމްތައް ދައްކާނެ އެވެ.

މީގެ އިތުރުން މިފިލްމްތަކުގައި މޫސުމީ ބަދަލުތަކާމެދު ޒުވާނުންގެ އަޑުގެ ނަމުގައި ރީޖަނަލް އަދި ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ދައްކާލުމުގެ ފެންވަރު ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355