twitterviber whatsapp telegramfacebookyoutube instagram
14th July 2026

މަސްވެރިންގެ ހިތްހަމަނުޖެހުންތައް ފާޅުކޮށް، ފެލިވަރުގައި މުޒާހަރާކުރަނީ

Dec 22, 2020
1

މަސްނުކިރޭ މައްސަލައާއި މަހުގެ އަގު ދަށްވަމުންދާ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކޮށް ފެލިވަރުގައި ބައެއް މަސްވެރިން މުޒާހަރާ ކުރަމުން އެބަ ދެއެވެ.

މުޒާހަރާ ކުރަމުންދާނީ އެ ސަރަހައްދުގައި ފުލުހުންވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާރު މަސްވެރިން ވަނީ ފުލުހުންގެ ސަފު ފަޅާލައިފައި ރަށު ތެރެއަށް އަރައިފަ އެވެ.

މަސްވެރިން ފުރަތަމަ މުޒާހަރާކޮށްފައިވަނީ އި ވަނީ ދޯނިތައް ފަޅުތެރޭގައި ބާއްވައިގެން އޭގައި ތިބެގެންނެވެ.

ފުލުހުން ބުނީ މައްސަލަ ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މަސައްކަތް ކުރަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށެވެ.

މުޒާހަރާގައި މަސްވެރިންގެ ބޭނުންވާ ކަންކަން ފާޅުކުރަމުންދާއިރު މަސްވެރިން ޑިމާންޑްތަކަކީ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށްނުވާނެ ގޮތަކަށް ބެހެއްޓުމާއި، ފަސޭހައިން ފެލިވަރުން އައިސް ލިބޭނެގޮތް ހަދައި ދިނުމާއި، މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެންގޮސް ބޭނުންކުރަން ފެށުމުގެ އިތުރުން ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355