twitterviber whatsapp telegramfacebookyoutube instagram
7th February 2026

ޔޫކޭ ފްލައިޓުތައް ލަންކާއަށް ޖެއްސުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Dec 22, 2020

އިނގިރޭސިވިލާތުން ދަތުރު ކުރާ ފްލައިޓުތައް މާދަމާއިން ފެށިގެން ސްރީލަންކާގައި ޖެއްސުން މަނާ ވާނެ ކަމަށް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ބުނެފި އެވެ.

ސީއޭއޭ ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހުގެރޭ 02:00 ން ފެށިގެން އިނގިރޭސިވިލާތުން ފްލައިޓުތައް އެ ގައުމަށް އައުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ފުލައިޓުތައް ލަންކާގައި ޖެއްސޭނެ ތާރީހެއް އިއުލާނު ކުރާނީ ފަހުންނެވެ.

ސީއޭއީއިން ބުނީ މިގޮތަށް ނިންމާފައި މިވަނީ އިނގިރޭސިވިލާތުގައި ފެތުރޭ ކޮވިޑް-19 ވައިރަހުގެ އާ ވައްތަރެއް ފެނުމާ ގުޅިގެން ކަމަށް ށެވެ. އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމަށް އަލުން އެ ގައުމުގެ އެއާޕޯޓް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުން ފެނުނު ކޮރޯނާވައިރަސް ސްޓްރެއިން، އާއްމުކޮށް ފެންނަ ސްޓްރެއިންނަށް ވުރެ ހަލުވި ކަމާއެކު ފެތުރޭ ކަމަށް ވިދާޅުވެފަ އެވެ.

ވައިރަހުގެ މި ސްޓްރެއިންގެ ސަބަބުން އިންޑިއާއިންވެސް ދަތުރުތައް މެދުކަނޑާލާފައިވާއިރު، ޔޫރަޕުގެ ބައެއް ގައުމުތަކުން އިނގިރޭސިވިލާތަށް ކުރާ ވައިގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އަދި ކެނެޑާ އާއި ސައުދީ އަރަބިއްޔާއިންވެސް ވަނީ އިނގިރޭސިވިލާތުން އަންނަ ފްލައިޓުތައް އައުން މެދުކަނޑާލަން ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355