twitterviber whatsapp telegramfacebookyoutube instagram
19th May 2024

މިފްކޯ ހާލުގައި އޮއްވާ މަސްވެރިން ބޭނުންވާ އަގަށް ބަދަލެއް ނުކުރެވޭނެ

Dec 23, 2020
1

ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސްވަރެއްގައި އަދި މިފްކޯ އެހާ ހާލުގައި އޮއްވާ ހަމައެކަނި މަސްވެރިން ބޭނުން އަގެއްގައި އަގު ބަދަލު ކުރުން އެއީ ސަރުކާރުން ކުރާނެ ކަމެއް ވެސް ނޫން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި ދާއިރާ ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށާއި މަހުގެ އަގު ކަނޑައަޅާފައި ވަނީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ޒަހާ ވަނީ ވިދާޅުވެފައެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޒަހާ ވިދާޅުވީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ.

މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް އިއްޔެ ވަނީ ޅ. ފެލިވަރުގައި މުޒާހަރާކޮށްފަ އެވެ. ފެލިވަރަކީ މިފްކޯގެ މަސް ކާރުހާނާ ހުންނަ ރަށެވެ. މަސްވެރިން ޑިމާންޑް ކުރަމުން ދިޔައީ މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމަށެވެ.

މިފްކޯއިން ފެށުނީއްސުރެ ނުއަގުގައި މަސް ގަންނާތީ އެ ކުންފުންޏަށް ގެއްލުން ބޮޑުވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވިގެން އުޅޭ ކަމަށް ޒަހާ ވިދާޅުވި އެވެ. މިހާރު މަސް ވިއްކާ އަގަކީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ އަގެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތި ދުވަސްތަކެއް ތަހަންމަލު ކުރަން ޖެހިފައި ވަނީ މަސްވެރިން އެކަނި ނޫން ކަމަށެވެ. އެހެންކަމުން ހާލަތުގައި މަސްވެރިން ބޭނުން އަގެއްގައި މަސް ގަންނަން ވެއްޖެ ނަމަ އެ ހަރަދު ވެސް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ކަމަށާއި އެއީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355