twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮވިޑަކީ މުޅި ދުނިޔެ ސުންނާފަތި ކުރަމުން އަންނަ ސުނާމީއެއް: ޝާހިދު

ނަބީލާ އިސްމާޢީލް
Dec 26, 2020
1

މުޅި ދުނިޔޭގައި ކޮންޓްރޯލުވުމެއް ނެތި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެ ސުންނާފަތި ކުރަމުން އަންނަ ބޮޑު ސުނާމީއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަކުރައްވައިފި އެވެ.

މީގެ 16 އަހަރު ކުރިން ރާއްޖެއާއެކު ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން މިއަދު ފާހަގަކުރާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ދުވަހުގެ ގެއްލުންތަށް ވަރަށް ގާތުން ފެނިވަޑައިގެން ކަމަށާއި އެ ގެއްލުންތައް ސިފަކުރެވެނީ ހަނގުރާމައިގެ މައިދާނެއްގައި ލިބުނު ގެއްލުންތަކެއްގެ ގޮތުގައި ކަމަށެވެ.


މިނިސްޓަރު ވިދާޅުވީ ސުނާމީގައި ލިބުނު ގެއްލުމާއި، ހިތްދަތިކަމާއި ބިރުވެރިކަމުން އަރައިގަތުމުގައި ރާއްޖެ ހޯދި ކާމިޔާބީގެ ހަގީގީ މަސްދަަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ސުނާމީ ކާރިސާއަށްފަހު އޭގެ 16 އަހަރު ފަހުން އަނެއްކާވެސް މުޅި ދުނިޔެއާއެކު ރާއްޖެވެސް ކުރިމަތިލަމުން މިދަނީ މާ ނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާ ކަމަށެވެ.

ނަމަވެސް، މިކަމުން އަރައިގަތުމަށްވެސް ދިވެހި ހިދުމަތްތެރިންނާއި އާއްމުންގެ ދައްކަމުންދާ ހިތްވަރާއި، އެއްބައިވަންތަކަމަކީ ޝުކުރުވެރިކަމާއިއެކު ފާހަގަކޮށްލަންޖެހޭ ހިދުމަތްތަކެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355