twitterviber whatsapp telegramfacebookyoutube instagram
9th August 2026

ވައިކަރަމުރާދޫގެ 15 ހެކްޓަރުބިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލަނީ

ޚަދީޖާ އާދަމް
Dec 27, 2020
2

ހދ. އަތޮޅުގައި ދަނޑުވެރިކަން ކުރާ ރަށް، ވައިކަރަމުރައިދޫން 15 ހެކްޓަރުބިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ ޓޫރިޒަމް ތަރައްގީ ކުރަން ތިން ރަށަކާއި ބިމެއްގައި ރިޒޯޓެއް ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލުމަށެވެ.

އެގޮތުން ވައިކަރަމުރައިދޫގެ އިތުރުން ހއ އަލިދުއްފަރު ފިނޮޅާއި ށ އަތޮޅު ކުޑަޅައިމެންދޫގެ އިތުރުން ނ އަތޮޅުގެ ކުންނަމެލައިގަ ވެސް ޓޫރިޒަމް ތަރައްގީ ކުރަން ކަނޑައަޅައި ބީލަމަށް ހުޅުވާލާނެ އެވެ.

މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފު ކުރުމުގެ ފަހި ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މާރިޗު މަހުގެ ހަތް ދުވަހު 10:00 ޖަހާއިރަށް އެ މިނިސްޓްރީއަށް ގޮސް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޖެނުއަރީ މެންދުރު ފަހު 2:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލުން މައުލޫމާތު ދޭން ޖެހެ އެވެ. ބީލަން ފޮތް ގަންނަ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355