twitterviber whatsapp telegramfacebookyoutube instagram
23rd September 2026

އިންކަމް ސްޕޯޓް އެލަވެންސްގެ ގޮތުގައި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޚަދީޖާ އާދަމް
Dec 30, 2020
1

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޫކުރަނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލި އާމްދަނީއާށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

އެގޮތުން އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހު 24 ވަނަ ދުވަހާއި ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 207.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވެންސްގައި ދޫކުރަނީ މަހަކު 5000 ރުފިޔާއެވެ. މިހާތަނަށް 16،469 ފަރާތަކަށް އެލަވެންސް ދޫކޮށްފައިވާއިރު މިއީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމަށް ސަރުކާރުން ދޭން ފެށި އިނާޔަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293