twitterviber whatsapp telegramfacebookyoutube instagram
1st July 2025

ނިޔާމަ ރިސޯޓުން 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށަށް އަރާފޭބުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Dec 31, 2020

ނިޔާމަ ރިސޯޓުން 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް ވަގުތީ ގޮތުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވީ އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 2 ފަތުރުވެރިޔަކާއި 5 ސްޓާފުންކަމަށެވެ. މީގެތެރެއިން 2 ފަތުރުވެރިންނާއި 3 ސްޓާފަކު ޓެސްޓް ކުރީ ބަލީގެ އަލާމާތްތައް ފެނިގެންކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އަދި އިތުރު 2 ސްޓާފުން އެއީ ކޮންޓެކްޓުންކަމަށާއި އެމީހުން ޓެސްޓްކުރިއިރު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މިހާތަނަށް ޖުމްލަ 17 ސާމްޕަލްއެއް ނަގާފައިވާ ކަމަށެވެ. އަދި ރިސޯޓް މޮނިޓަރިންނަށްލުމުން ސްޕްލިޓް ސްޓޭ ހެދުމާއި ސްޓާފުން އެކިތަންތަނަ ދިއުން ވަގުތީ ގޮތުން ހުއްޓިފައިވާ ކަމަށް ނަޒުލާ ވިދާޅުވި އެވެ.

ޑރ ނަޒްލާ ވިދާޅުވީ މިވަގުތު ދަނީ ރެންޑަމް ސާމްޕަލް އެރަށުން ނެގުމުގެ އިންތިޒާމުތައް ދ. އަތޮޅު ހޮސްޕިޓަލާއި ނިޔާމަ ރިސޯޓާއި ގުޅިގެން ކުރަމުންކަމަށެވެ. އަދި މިއަދު ރެންޑަމް ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން 47 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 15 މީހަކު ޕޮޒިޓިވްވީ ރިސޯޓުތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355