twitterviber whatsapp telegramfacebookyoutube instagram
21st September 2026

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 207.7 މިލިއަން ދޫކޮށްފި

ނަބީލާ އިސްމާޢީލް
Dec 31, 2020
1

ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 207.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 16،469 މީހަކަށް 207.7 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

މިހާރު މި އެލަވެންސްގެ ތިންވަނަ ބުރެއް ތައާރަފުކޮށް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ އެލަވެންސް އަށް އެދުމަށް ވަނީ ހުޅުވާލައިފަ އެވެ.

މި ދެ މަހުގެ އެލަވެންސް އަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެ އެވެ. އަދި ޑިސެމްބަރު މަހުގެ އެލަވެންސް އަށް އެދުމުގެ ފުރުސަތު 10 ޖެނުއަރީ އިން 31 ޖެނުއަރީ އަށް ހުޅުވާލާނެ އެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބްސެންޓަރުގެ ވެބްސައިޓުން ބަލާލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293