twitterviber whatsapp telegramfacebookyoutube instagram
5th May 2026

ކަނޑިތީމު ފަޅުގައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ނަބީލާ އިސްމާޢީލް
Jan 10, 2021

ށ. ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. ފުލުހުން ބުނީ، ރޯވީ ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 22:45 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާއިރު އާންމުންނާއި ގުޅިގެން އެ ސަރަހައްދުގައި ހުރި ދޯނިތައް ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށަށް ތެޔޮ ހިފައިގެން ދިއަ ކުޅުދުއްފުށީ ދޯންޏެއްގައެވެ. އަލިފާން ރޯވީ ދޯނީގެ އިންޖިންގ ސްޓާޓްކޮށްލި ތަނާކަމަށް މަޢުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355