twitterviber whatsapp telegramfacebookyoutube instagram
7th May 2024

އިންތިހާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ދޭނަން: އީސީ

ޚަދީޖާ އާދަމް
Jan 10, 2021
1

އޭޕްރިލް 3 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މޮނީޓަކުރަން ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ދޭނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން ބޭރުން އިންތިހާބު އޮބްޒާވްކުރަން އަންނަ ފަރާތްތަކަށް ވަކި ގައިޑްލައިން އެއް އެކުލަވާލާނެ ކަމަށާއި ކުރިން ބޭރުގެ އޮބްޒާވަރުން ބައިވެރިނުކުރާ ގޮތަށް ވާހަކަ ދެކެވުނު ނަމަވެސް، މިހާރު އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފު "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.

ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ދުވަހެއް ނޭނގޭތީ، ސަރުކާރުގެ ފަރާތުން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިހާބު ބޭއްވޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެކަމަށް ޓަކައި ދައުރުގެ ބޭރުން މި މަހުގެ 13ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ މިހާރު އެޖެންޑާކޮށްފަ އެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ލަސްކުރުމަށް ފަހު، ދެން ބާއްވަން އުޅުނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު މަހަކަށް ދަންމާލުމާއި ގުޅިގެން އިންތިހާބު މިހާރު ތާވަލްކޮށްފައިވަނީ އޭޕްރިލް 3 ވަނަ ދުވަހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355