twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވައިކަރަމުރައިދޫއާއެކު ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް

ޚަދީޖާ އާދަމް
Jan 10, 2021
3

ރިސޯޓް ހަދަން މި ސަރުކާރުން ހުޅުވާލި ފުރަތަމަ ރަށް ތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވި ރިސޯޓު ހަދަން އިއުލާނު ކުރި ރަށްތަކުގެ ތެރެއިން ޓޫރިޒަމް ބިމު ކުލި ކުޑަކުރި ހއ. އަތޮޅާއި ނ. އަތޮޅުގެ ރަށް ތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާ އަދި ހދ. އާއި ށ. އަތޮޅަށް ވެސް ބޮޑު ތަރުހީބެއް އެބައޮތް ކަމަށެވެ.

ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން އިއުލާނުކޮށްފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހު އެވެ. ހުޅުވާލާފައިވަނީ ތިން ރަށަކާއި ބިމެކެވެ. އެއީ ހދ. އަތޮޅުގައި ދަނޑުވެރިކަން ކުރާ ރަށް، ވައިކަރަމުރައިދޫން 15 ހެކްޓަރުބިމެވެ.

ވައިކަރަމުރައިދޫގެ އިތުރުން ހއ އަލިދުއްފަރު ފިނޮޅާއި ށ އަތޮޅު ކުޑަޅައިމެންދޫގެ އިތުރުން ނ އަތޮޅުގެ ކުންނަމެލައިގަ ވެސް ޓޫރިޒަމް ތަރައްގީ ކުރަން ވަނީ ހުޅުވާލާފައެވެ.

މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފު ކުރުމުގެ ފަހި ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މާރިޗު މަހުގެ ހަތް ދުވަހު 10:00 ޖަހާއިރަށް އެ މިނިސްޓްރީއަށް ގޮސް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ރިސޯޓް ހަދަން ނެރޭ ރިސޯޓު ތަކުން 18،000 ވަޒީފާ ލިބޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355