twitterviber whatsapp telegramfacebookyoutube instagram
28th July 2026

274 ދަރިވަރުންނާއެކު ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓްގެ ކިޔެވުން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jan 12, 2021
4

ސްމާޓް ވެލީ ލާނިންގ އިންސްޓިއުޓްގެ ނަމުގައި ދާދި ފަހުން ކުޅުދުއްފުށި ސިޓީގައި ހުޅުވި، އިންސްޓިޓިއުޓްގެ ކިޔެވުން ފަށައިފި އެވެ.

ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ހުޅުވި މި އިންސްޓިޓިއުޓްގެ ކިޔެވުން ފަށާފައިވަނީ ޕްލޭ ސްކޫލް، އަދި ޓިއުޝަން ސެންޓަރުގެ ބައެވެ.

އާދިއްތަ ދުވަހު ކިޔެވުން ފަށާފައިވާއިރު 274 ދަރިވަރުން ދަނީ އެ އިންސްޓިޓިއުޓްގައި ތައުލީމް ހާސިލުކުރަމުންނެވެ. އެ އިންސްޓިޓިއުޓުން ޕްލޭ ސްކޫލު ބަޔަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާ އެހެންވެ އިތުރު ކުލާސް ރޫމެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުލާސް ރޫމް އިތުރުކުރަނީ ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އިންސްޓިޓިއުޓުން މައުލޫމާތުދެ އެވެ.

މި މަރުކަޒުގެ މަގުސަދަކީ ކިޔެވުމަށް ފަހި މާހައުލެއްގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމެވެ. އަދި މަރުކަޒު ފަރުވާކޮށްފައިވަނީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި އެވެ. އެ އިންސްޓިޓިއުޓުން ބުނީ އެތަނުގައި ތިއްބެވި ޓީޗަރުންނަކީ ރަށުން މިވަގުތު ލިބެން ހުރި އެންމެ ރަނގަޅު ތަޖުރިބާކާރު ޓީޗަރުން ކަމަށެވެ.

ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓް ބަލާލެވިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ޕްލޭ ސްކޫލަކާއި ޓިއުޝަން ސެންޓަރެއްގެ އިތުރުން އިންސްޓިޓިއުޓްގެ ބައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355