twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރިސޯޓު މުވައްޒަފުންނަށް ކަރަންޓީން މުއްދަތު ވަކިންދޭން އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
Jan 13, 2021
2

ރިސޯޓު މުވައްޒަފުން އޮފްޑޭ އަދި ޗުއްޓީގެ ތެރޭގައި ކަރަންޓީނު މުއްދަތު ނުހިމެނުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެދިވަޑައިގެންފި އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ކޮވިޑް-19 އިގެ ހާލަތުގައި ރިސޯޓުތަކުގެ މުވައްޒަފުން ކޮށްދީފައި ވަނީ އަދަދު ނުކުރެވޭހާ ބޮޑު މަސައްކަތް ކަމަށާ، މިދިޔަ ޑިސެމްބަރު މަހަކީ ކާމިޔާބު މަހަށް ވެގެން ދިޔައިރު، ކާމިޔާބީގެ އުފާ މުވައްޒަފުންނަށް ހިއްސާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ބައެއް ރިސޯޓް މުވައްޒުފުން ތިބީ ރިސޯޓް ބަންދުވެފައި ކަމަށާއި އެ މުވައްޒަފުންގެ އާއިލާއާއި އަނބިދަރިން ކައިރިއަށް ދިއުމެއްނެތި މިހާތަނަށް ކުރަމުން އައިސްފައި ވަނީ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އޮންނަ ގޮތުން ރަށަށް ގޮސް 10 ދުވަހު ކަރަންޓީން ވާން ޖެހޭ ކަމަށެވެ. ނަމަވެސް، ރިސޯޓު މުވައްޒަފުން ޗުއްޓީއަށް ނޫނީ އޮފް ދުވަހަށް ރަށަށް ގޮސް ކަރަންޓީގައި އެ ދުވަސްތައް ދުއްވާލަން ޖެހުމަކީ އެހާ ހަމަޖެހޭ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ރިސޯޓްތައް އޮޕަރޭޓް ކުރަމުންދަނީ ވަރަށް މަދު މުވައްޒަފުން ތަކަކާއި އެކުގައި ކަމަށާއި ރިސޯޓް މުވައްޒަފުން ވަމުން އަންނަ ގުރުބާނީގެ އަގު އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ރަނގަޅަށް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމުގަ އެވެ. އަދި ކަރަންޓީން މުއްދަތުގެ ޗުއްޓީ ތެރޭގައި ނުހިމަނައި އެކަން ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރިސޯޓުތަކުގެ މެނޭޖްމަންޓުން ހާއްސަ އިސްކަމެއް ދިނުމަކީ މިފަދަ ވަގުތެއްގައި މުހިންމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355