twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަދަނީ ޖަމިއްޔާތަކަށް މަލީ އެހީ ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ނަބީލާ އިސްމާޢީލް
Jan 13, 2021

މަދަނީ ޖަމިއްޔާތަކަށް މާލީގޮތުން އެހީ ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ފަށައިފި އެވެ.

މިކަމަށްޓަކައި މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "އެންޖީއޯ ގްރާންޓް ޕްރޮގުރާމް" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ އެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު މުހައްމަދުދީދީ ވިދާޅުވީ މުޖުތަމައުއެއް ކުރިއަރާނީ އެ މުޖުތަމައުއެއްގައި އުޅޭ ކުދިބޮޑު އެންމެންނަކީ އެމީހުންގެ ބޭނުންތައް ހާސިލުކުރުމުގައާއި ކުރިމަތިވާ އެންމެހާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ބާރުވެރިވެފައިވާ ބަޔަކަށް ހެދިގެންކަމަށެވެ.

މިކަމުގައި އެދެވޭ ނަތިޖާތަކެއް ހާސިލުކުރެވޭނީ މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރެވިގެންކަމަށާއި އަލަށް އިފްތިތާހްކުރެވުނު މި ޕްރޮގްރާމަކީ ގައުމީ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ސްޕެޝަލް ގްރާންޓުގެ ގޮތުގައި ހާއްސަ ދާއިރާތަކަށް އިސްކަން ދެއްވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ މުޖުތަމައުގެ ތެރޭގައި ހިމެނޭ ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތައް ބާރުވެރިކުރުވުމަށް ލިބޭ މުހިއްމު ފުރުސަތެއްކަމަށެވެ. އަދި އާއިލާތަކާ ގުޅިގެންދެވޭ އެކި އެކި ޚިދުމަތްތަކަށް ޚާއްސަ މަދަނީ ޖަމިއްޔާތައް އިތުރުވުމަށް ލިބޭ ހިތްވަރަކަށްކަމަށެވެ.

މި ޕްރޮގްރާމަކީ ގައުމީ ތަރައްގީއަށް ސަރުކާރުން ކަނޑައަޅާފައިވާ 5 އަހަރުގެ އޮނިގަނޑުގައިވެސް ހިމަނާފައިވާ މުހިއްމު ޕްރޮގްރާމެއްކަމަކެވެ. މި ޕްރޮގްރާމުގައި މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 3 ކެޓެގަރީއަކުންނެވެ. އެގޮތުން ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 200000 ރުފިޔާއާއި ހަމައަށް އެހީ ފޯރުކޮށްދެވޭނެއެވެ. އަދި ސްމޯލް ގްރާންޓްގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ސްޕެޝަލް ގްރާންޓުގެ ކެޓެގަރީއެއްވެސް ހިމަނާފައިވެއެވެ. މި ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިދިޔަ އަހަރުވެސް އެ މިނިސްޓްރީން މި ޕްރޮގްރާމަށް ކުރިމަތިލުމަށް އިއުލާންކުރިކަމަށާއި ނަމަވެސް އެފަހަރު ޕްރޮޕޯސަލް ލިބުނީ އެންމެ 16 މަދަނީ ޖަމިއްޔާއަކުންކަމަށެވެ. އެހެންކަމުން މިފަހަރު މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއި ޝައުގުވެރިކަން އިތުރުކުރުމަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355