twitterviber whatsapp telegramfacebookyoutube instagram
30th May 2025

ކުޅުދުއްފުށީގައި އަޅާ ސިންތެޓިކް ޓްރެކް ޕްރޮޖެކްޓްގައި ޖުލައިމަހު ސޮއިކުރެވޭނެ: ރާފިއު

އަބްދުލް ވާހިދު ޙަސަން
May 29, 2025

ކުޅުދުއްފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކް އެޅުމުގެ ޕްރޮޖެކްޓްގައި އަންނަ ޖުލައިމަހުގެ ތެރޭގައި ސޮއިކުރެވޭނެކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީ ސްކޫލްތަކުގެ ތިންވަނަ ފެތުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ކުޅުދުއްފުށީގައި ސިންތެޓިކް ޓްރެކް ގާއިމުކުރަން އުޅޭތާ ހަތަރު އަހަރު ވެދާނެ ކަމަށާއި އެކަމަކު އިރާދަކުރެއްވިއްޔާ އަންނަ ޖުލައިމަހުގެ ތެރޭގައި އެ މަޝްރޫއުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެ ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފް ސިންތެޓިކް ޓްރެކްއާ ބެހޭ މައުލޫމާތު ސާފުކޮށްދިނުމަށް މިނިސްޓަރު އަރިހުން އެދިވަޑައިގެންނެވުމުންނެވެ.

"ކުޅުދުއްފުށީ ސިންތަޓިކް ޓްރެކްގެ ވާހަކައަކީ ވަރަށް ދިގު ވާހަކައެއް. އަޅުގަނޑު ދަންނަވާނީ މިދިޔަ އަހަރުވެސް ޕޯޑިއަމްގައި ހުރެގެން ދެއްކި ވާހަކައެއް. ގާތްގަނޑަށް ހަތަރު އަހަރު ވެއްޖެ މިކަމެއްގައި އަޅުގަނޑުމެން އުޅޭތާ. އެދުވަހުވެސް އަޅުހަނޑު ދެންނެވިން މިއީ އިންޑިޔާގެ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްދާ މަޝްރޫއެކޭ. ސީދާ ދުވަހެއް ދަނަވަން ދައްޗޭ. އެކަމަކު މިއަދު އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ފަހުން ލިބިފައި އޮތް މައުލޫމާތަކީ އަންނަ ޖުލައިމަހުގައި އަޅުގަނޑުމެންނަށް އެ ޕްރޮޖެކްޓްގައި ސޮއިކުރެވިގެންދާނެއޭ." ސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިޔާގެ ލައިން އޮފް ކުރެޑިޓް، އެލްސީއޯގެ ދަށުން އެގްޒިމް ބޭންކު މެދުވެރިކޮށް ގާއިމުކޮށްފައިވާ މި ސިންތެޓިކް ޓްރެކަކީ ބޮޑު ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.

"މިދިޔަ އަހަރު އަޅުގަނޑު ދެންނެވި މިއަހަރު އިރާދަކުރެއްވިއްޔާ ސްވިމިންގ ޓްރެކެއް މިރަށުގައި އަޅައި ދޭނަމޭ. އެ ޓްރެކް ވަނީ މިހާރު މިރަށަށް ގެނެވިފައި މަހެއް ކުރިން. އަޅުގަނޑު މޭޔަރާއި ވާހަކަދެކުމުން ވިދާޅުވީ، ގާތްގަނޑަކަށް ސެޕްޓެމްބަރު ހިސާބުގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓް ނިމުނީމަ އެކަން ސްޓޯލްކުރެވިގެންދާނެޔޭ." މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ ޕްރޮޖެކްޓްތައް މިއަހަރު ކުރިއަށްދާނެ

ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ސިޓީތަކާއި އާބަން ސެންޓަރުތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ދަނޑުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މިހާރުވެސް ބައެއް މަޝްރޫއުތައް ކުރިއަށްދާކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355