twitterviber whatsapp telegramfacebookyoutube instagram
19th August 2026

މޮނިޓަރިންގައިވާ ރަށްރަށުގައި ތިބި އެހީ ބޭނުންވާ އާއިލާތަކަށް ޖެންޑާއިން ކެއާ ޕެކޭޖް ފޮނުވައިފި

ނަބީލާ އިސްމާޢީލް
Jan 16, 2021

ގއ. އަދި ލ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގގެ ހާލަތަށް ގެނައުމާއި ގުޅިގެން އެ ރަށްރަށުގައި އުޅޭ ނާޒުކު އާއިލާތަކަށް ކެއާ ޕެކޭޖް ފޮނުވަން ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރޭތީ، ގއ. ދެއްވަދޫގެ އިތުރުން އެ އަތޮޅު ދާންދޫ، ވިލިނގިލި، ލ. ގަން އަދި ފޮނަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ރަށްރަށުގައި އުޅޭ ނާޒުކު، އެހީތެރިކަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށާއި ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ކެއަރ ޕެކޭޖްތަކުގައި ސެނިޓައިޒަރއާއި، ޑިިސްޕޮސިބަލް މާސްކާއި، ޑިޓޯލް ހޭންޑްވޮޝް، އަންގި އަދި އެޑަލްޓް ޑައިޕާސް ހިމެނޭނެކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

ގއ. އަތޮޅުގެ އެކި ރަށްރަށުންވެސް އަންނަނީ މޮނިޓަރިންގައިވާ ރަށްރަށަށް އެހީ ފޯރުކޮށްދެމުންނެވެ. ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ދެއްވަދޫގައި ކޮވިޑްގެ ސަބަބުން ސިއްހީ ހިދުމަތާއި ވިޔަފާރިތަކަށް ވެސް ބުރޫ އެރުމުން ރަށްރަށުން ކާބޯތަކެއްޗާއި ފެން ފަދަ އެކި ސާމާނު އަންނަނީ ފޮނުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355