twitterviber whatsapp telegramfacebookyoutube instagram
6th May 2024

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތްނަމަ އިންތިހާބު އިއުލާނު ނުކުރާނަން: އީސީ

Jan 18, 2021

އަންނަ އޭޕްރިލު މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުުރުސަތު ނެތްނަމަ އިންތިހާބު އިއުލާނު ނުކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް "ސަން" ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެޗްޕީއޭ އިން އިންތިޒާމު ކުރާ ގޮތެއްގެ މަތިން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ކަށަވަރު ނުވާހާ ހިނދަކު އީސީން އިންތިހާބު އިއުލާނު ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބު ބާއްވާނެ ދުވަހަކާ، އިންތިހާބު ބާއްވާނެ ގޮތް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ އެއް ކަމަށެވެ.

އެގޮތުން ޕެންޑެމިކް ތެރޭ އިންތިހާބު ބާއްވަން ރާވާއިރު، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ކެމްޕެއިން ކުރުމަށް ތަނަވަސް ނުވާކަމަށާއި އެހެންކަމުން އެއީ އިންތިހާބު ބޭއްވުމަށް ހުރަހަކަށް ވެގެންދާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355