twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫ ކަސްޓަމަރުންނަށް މިހާރު މޯބައިލް ބެލެންސް ބޭނުންކޮށްގެން ގިފްޓް ކާޑާއި ކޯޑުތައް ގަނެވޭނެ

ޚަދީޖާ އާދަމް
Jan 19, 2021

އުރީދޫ މޯލްޑިވްސްއިން ކްރެޑިޓް/ޑެބިޓް ކާޑާ ނުލާ އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމަރސް ޕެލެޓްފޯރމްތަކުގެ ގިފްޓް ކާޑް ފޯރުކޮށްދޭ ކާރޓީ ސްޓޯރ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާރލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާރސް އަދި ގޭމިންގ ޕްލެޓްފޯރމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ބައްލަވައިގަނެވޭނެއެވެ.

ކާރޓީ ސްޓޯރ އަށް ސައިންއަޕް ކުރެއްވުމަށް:

1. އިންޓަނެޓް ބްރައުޒަރ ގައި www.kartistore.com ޖައްސަވާ
2. ރެޖިސްޓަރ ކުރެއްވުމަށް ސައިންއަޕް ލިންކަށް ފިއްތާލައްވާ
3. ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުން އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އީމެއިލް ގައިވާ ލިންކް އަށް ފިއްތަވާލައްވާ
4. އެކައުންޓް އެކްޓިވޭޓް ކުރެއްވުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ
5. ލޮގިން ކުރެއްވުމުން ކާރްތީ ކާޑް ގަތުމަށް "ބައި އަ ކާޑް" ލިންކަށް ފިއްތަވާލައްވާކާރޓީ

ކާރްތީ ކާޑް ގަތުމަށް ފުރިހަމަކުރައްވަންޖެހޭ ސްޓެޕްތަކަކީ:

1. ބޭނުންފުޅުވާ ބްރޭންޑް އިޚްތިޔާރު ކުރުން
2. ބޭނުންވާ ޢަދަދު އިޚްތިޔާރު ކުރުން
3. މޯބައިލް ނަންބަރު ޖެސެވުމަށްފަހު ޕަރޗޭސް އަށް ފިއްތާލުން
4. ޕަރޗޭސް ފުރިހަމަ ކުރެއްވުމުން ޔަޤީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
5. ޕިން ނަންބަރު ޖައްސަވާ ކޮންފާރމް އަށް ފިއްތާލައްވާ
6. ޕިން ނަންބަރު ރަގަޅަށް ޖެއްސެވުމުން ބައްލަވައިގަތް ކާޑު މައި ކާޑްސް އިން ފެނިވަޑައި ގަންނަވާނެ

މި ޕަރޓްނަރޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުން ގެ ބިލުގައި ހިމަނާގޮތަށް ހިދުމަތް ހޯއްދެވޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާރޓީ ސްޓޯރ އިން ތަކެތި ގަތުމަށް ބޭނުންކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355