twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިންޑިޔާއިން ރާއްޖެ ގެނަނީ އޮކްސްފޯޑް "ކޮވިޝީލްޑް" ވެކްސިން

Jan 20, 2021
3

އިންޑިޔާއިން ވެކްސިން ޝިޕްމެންޓް މިއަދު ރާއްޖެއަށް ލިބޭއިރު އެގައުމުން ވެކްސިން ދޭ ފުރަތަމަ ގައުމަކީ ރާއްޖެއެެވެ.

ރާއްޖެ އަށް ފޮނުވަނީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ. މިއީ އިންޑިއާގައި އުފައްދާ، އެކަމަކު ސީދާ އިންޑިއާގެ ވެކްސިނެއް ނޫނެވެ.

މި ވެކްސިނަކީ ގިިނަ ގައުމުތަކަކަށް ޖަހަން ހުއްދަ ދީފައިވާ ވެކްސިނެކެވެ. އަދި ބައެއް ގައުމުތަކުން މި ވެކްސިން މިހާރު ގެންދަނީ ޖަހަމުންނެވެ. އިންޑިއާ އިން އެ ގައުމުގެ އަމިއްލަ ވެކްސިނެއްގެ ގޮތުގައި ބާރަތު ބަޔޯޓެކް ކުންފުނިން އުފައްދާފައިވާ "ކޮވެކްސިން" އަށް ވެސް ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މި ވެކްސިނާ ބެހޭ މައުލޫމާތު ހާމަކޮށްފައި ނުވާތީ އޭގެ ރައްކާތެރިކަމާ ބެހޭ ގޮތުން ތަޖުރިބާކާރުން އަންނަނީ ސުވާލު އުދައްދަމުންނެވެ.

ރާއްޖެއަށް މިއަދު ލިބޭ ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 ޕަސެންޓަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނުމިނުގައި ގެންގުޅެވޭ ވެކްސިނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވެކްސިން ރާއްޖެ ގެންނަން ހަމަޖެހިފައިވަނީ އެއާ އިންޑިއާގެ މަތިންދާބޯޓެއްގައި މިއަދު މެންދުރު ފަހު 2:00 ހާއިރު އެވެ.

އެޗްޕީއޭ އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ފުރަތަމަ ވެކްސިން ދޭ ސިއްހީ ދައިރާގެ ފަރާތްތަކަށް ރެޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355