twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަލީ ވަހީދުގެ ޝަރީއަތް މާދަމާ ފަށަނީ

ޚަދީޖާ އާދަމް
Jan 23, 2021

ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 13:30 އަށެވެ.

އަލީ ވަހީދަށް ކުރާ 7 ދައުވާ:

- ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ކުށުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ކުށުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2
ދައުވާ

ރައީސް ސޯލިހް ދާދި ފަހުން ވިދާޅުވީ، އަލީ ވަހީދު މަގާމުން ދުރުކުރުމަކީ އޭރު ނިންމަވަން ޖެހުނު، އަދި ރަނގަޅު ނިންމެވުމެއް ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ ޖުލައި މަހުއެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

އެއީ އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ލަފާފުޅާވެސް އެކުގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355