twitterviber whatsapp telegramfacebookyoutube instagram
27th October 2026

ހޯރަފުށި އިސް މެޖިސްޓްރޭޓްގެ ސްލޫކީ މައްސަލައެއް ބަލަނީ

ޚަދީޖާ އާދަމް
Jan 24, 2021

ހއ.ހޯރަފުށީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް ތަނާޒުލް ވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ، ބަލާ ނިންމި މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ފަށައިފި އެެވެ.

މި މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވަނީ މިމަހު 13 ދުވަހު އެވެ. ޖޭއެސްސީ ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރަން ނިންމީ އޭނާ ތަނާޒުލްވާން ޖެހޭ ފަދަ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި، ނިންމުމުން ކަމަށެވެ.

އެ މައްސަލަ ބަލަން ތަހުގީގީ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

މި މަހު ކުރީކޮޅު ވެސް ޖޭއެސްސީން ވަނީ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަތަކެއް ތަހުގީގުކުރަން ފަށައިފަ އެވެ. އެއީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ މައްސަލަތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293