twitterviber whatsapp telegramfacebookyoutube instagram
6th December 2025

ރިސޯޓްތަކުގެ ހާލަތު ގޯސްވުމުން މުވައްޒަފުން ކަރަންޓީނާ ނުލައި ދަތުރު ނުކުރެވޭގޮތަށް ހަދައިިފި

ޚަދީޖާ އާދަމް
Jan 24, 2021

ރިސޯޓްތަކުގެ ހާލަތު ގޯސްވެ މުވައްޒަފުން 10 ދުވަހުގެ ކަރަންޓީނާ ނުލާ ދަތުރުނުކުރެވޭގޮތް ހަދައިފިއެވެ. އެގޮތުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާ މުވައްޒަފުން ވެސް 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެއެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ސަރކިއުލާއެއްގައި ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާ މުވައްޒަފުންވެސް 10 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭގޮތަށް ބަދަލުގެނެސްފައިވާކަން ހާމަކޮށްފައެވެ.

ކުރިން އޮތްގޮތުންނަމަ އެއް މެނޭޖްމަންޓެއްގެ ދަށުގައި ހިންގާ އެއް ރިސޯޓުން އަނެއް ރިސޯޓަށްދާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރާކަށް ނުޖެހޭނެ އެވެ. ނަމަވެސް ފަހުން ގެނައި ބަދަލާއެކު އެއް މެނޭޖްމެންޓްގެ ދަށުން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންވެސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާނަމަ ކަރަންޓީން ވާންޖެހޭނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ރިސޯޓްތަކުގައި ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެންކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮވިޑް 19 އާއި ގުޅިގެން އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން އެކަށައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355