twitterviber whatsapp telegramfacebookyoutube instagram
15th June 2026

އީސީގެ ނައިބް ރައީސްގެ މަގާމަށް އިސްމާއިލް ހަބީބު

ޚަދީޖާ އާދަމް
Jan 26, 2021

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނާއިބް ރައީސަކަށް އެކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު އިންތިހާބުކޮށްފިއެވެ. ހަބީބަކީ ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

ހަބީބު ނައިބު ރައީސަކަށް އައްޔަންކޮށްފައިވަނީ އެ ކޮމިޝަންގެ 632 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުންކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުންކަމަށެވެ.

އެ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަކްރަމް މަގާމުން އިސްތިއުފާ ދީފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއި ގުޅިގެންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355