twitterviber whatsapp telegramfacebookyoutube instagram
27th April 2024

ލިޔާ ޑަބްލިއުއެސްއޭ ބެޑްމިންޓަން ސީރީޒް ނިންމާލައިފި

Jan 26, 2021

ކުޅުދުއްފުށީގައި ބޭއްވި އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް "ލިޔާ ޑަބްލިއުއެސްއޭ ކުޅުދުއްފުށީ ބެޑްމިންޓަން ސީރީޒް 2021" ނިންމާލައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ. ޖުމްލަ 151 މެޗު ކުޅުނު މި މުބާރާތުގައި ފިރިހެން 7 ޓީމް އަންހެން 4 ޓީމު ވަނީ ބައިވެރިވެފައެވެ. އަދި އޯޕެން ކެޓަގަރީން 46 ފިިރިހެން ބައިވެރިނާއި 16 އަންހެން ބައިވެރިން ބައިވެރިވެފައިވާއިރު ޓީމް އިވެންޓުން 49 ފިރިހެން ބައިވެރިން އަދި 20 އަންހެން ބައިވެރިން ބައިވެރިވެފައި ވެއެވެ.

ފިިރިހެން ޓީމް އިވެންޓް:

- ޗެމްޕިއަންސް / ހައިޕާ ސްމޭޝް
- ރަނަރަޕް / ޓްރަބަލްސް

އަންހެން ޓީމް އިވެންޓް:

- ޗެމްޕިއަންސް / ބޫމާސް
- ރަނަރަޕް / ހައި ފައިވް

މެން ސިންގަލްސް - ފުރަތަމަ ޑިވިޝަން

- ޗެމްޕިއަންސް / މޮނޯ
- ރަނަރަޕް / ކައްބު

މެން ސިންގަލްސް - ދެވަނަ ޑިވިޝަން

- ޗެމްޕިއަންސް / އިއްޕަ
- ރަނަރަޕް / ހަފޮޅޭ

މެން ޑަބަލްސް - ފުރަތަމަ ޑިވިޝަން

- ޗެމްޕިއަންސް / މޮނޯ، އަމްކޮ
- ރަނަރަޕް / ހަމީދު، ހުސެއިންބެ

މެން ޑަބަލްސް - ދެވަނަ ޑިވިޝަން

- ޗެމްޕިއަންސް / ހަފޮޅޭ، ތަކަތޭ
- ރަނަރަޕް / އިއްޕަ، މާހިދު

ވިމެންސް - ސިންގަލް

- ޗެމްޕިއަންސް / މުޒްނާ
- ރަނަރަޕް / ސަޒްނާ

ވިމެންސް - ޑަބަލް

- ޗެމްޕިއަންސް / އުލްފާ، މުޒްނާ
- ރަނަރަޕް / އައިންތު، ފިރާޝާ

މިކްސް - ޑަބަލް

- ޗެމްޕިއަންސް / މޮނޯ، އައިންތު
- ރަނަރަޕް / ސަމީރު، މުޒްނާ

މުބާރާތުގެ މެއިން ސްޕޮންސާރއަކީ ލިޔާ އިންވެސްޓްމެންޓެވެ. ކޯ ސްޕޮންސާރައަކީ އަސްކަނި ސްޕޯޓްސްއެވެ. މީގެ އިތުރުން އޮފިޝިއަލް ޕާޓްނަރުންގެ ތެރޭގައި ސްޕޯޓްސް ހޮރަރިއޯ، އައިވެލް ޕޯޓްރެއިޓް އަދި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ހިމެނެއެވެ.

މުބާރާތުގެ ވަނަވަނައަށްދިޔަ ފަރާތްތަކަށް ވަނީ ޓްރޮފީއާއި ފައިސާގެ އިނާމު ދީފައެވެ.

މީގެ ކުރިން ވެސް ޑަބްލިއުއެސްއޭއިން ވަނީ އާންމުކޮށް ހުޅުވާލައިގެން އަދި އޮފީސްތަކަށް އަމާޒުކޮށްގެން ވެސް ކުޅުދުއްފުށީގައި ބެޑްމިންޓަން މުބާރާތްތައް ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355