twitterviber whatsapp telegramfacebookyoutube instagram
2nd September 2025

އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން 29 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްވާނެ

ޚަދީޖާ އާދަމް
Jan 26, 2021

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން އެމީހުންގެ މަގާމުތަކުން މިމަހު 29 ފެށިގެން ސަސްޕެންޑް ވާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިިދިޔަ އަހަރު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ކޮވިޑް-19 އާއި ގުޅިގެން ލަސްކުރުމުން އެއިރު އިންތިހާބަށް ކުރިމަތިލި ސިވިލް ސާވެންޓުންގެ ވަޒީފާވަނީ ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނުގައި މާއްދާއެއް އެކުލަވާލާ އެމީހުންގެ ސަސްޕެންޝަން އުވާލާފައެވެ.

ގާނޫނުގައިވާ ގޮތުން، ސިވިލް ސާވިސްގެ ވަޒީފާއެއްގައި ހުރި މީހަކު އިންތިޚާބަކަށް ކުރިމަތިލައިފި ނަމަ އެ މީހަކު ހުރި މަގާމުން ސަސްޕެންޑު ވާނެ އެވެ. އެހެންކަމުން މިދިޔަ އަހަރު އެ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅި 204 ސިވިލް ސާވަންޓަކު މަގާމުތަކުން އޭރު ސަސްޕެންޑުވި އެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ އާ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވަންޓުން އަނެއްކާވެސް މި މަހުގެ 29 އިން ފެށިގެން މަގާމުތަކުން ސަސްޕެންޑު ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355