twitterviber whatsapp telegramfacebookyoutube instagram
3rd November 2025

އަތޮޅު ކައުންސިލްގެ ނައިބުގެ ރައީސް މިފަހަރު ކުރިމަތިލެއްވީ ރަށު ކައުންސިލްގެ ރައީސްކަމަށް

އަބްދުލް ވާހިދު ޙަސަން
Jan 27, 2021
7

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު، ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ އެ ބޭފުޅާގެ އުފަން ރަށުގެ ކައުންސިލްގެ ރައީސްގެ މަގާމަށްކަން ހާމަކުރައްވައިފި އެވެ.

އަލީ މުހައްމަދު އަތޮޅު ކައުންސިލްގައި ތަމްސީލްކުރައްވަނީ ހަނިމާދޫ ދާއިރާ އެވެ. އެކަމަކު ކުރިއަށްއޮތް ކައުންސިލް އިންތިހާބު އޭނާ ވާދަކުރައްވާކަން އިއުލާންކުރައްވާފައިވަނީ އުފަން ރަށް، ހދ ހިރިމަރަދޫ ދާއިރާގެ ކައުންސިލްގެ ރައީސްގެ މަގާމަށެވެ.

މިފަހަރުވެސް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލެއްވި، އަލީ ވިދާޅުވީ، ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރައްވަނީ ރަށަށް ގާތުން ހިދުމަތްކުރުމުގެ މަގުސަދުގައި ކަމަށެވެ. އަތޮޅު ކައުންސިލްގައި ހުންނަވައިގެން ރަށަށް ސީދާގޮތުން ހިދުމަތްކުރުމުގައި ދަތިތަކެއް ހުންނަ ކަމަށާ އެހެންކަމުން މިފަހަރު ނިންމީ ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ރަށު ކައުންސިލުން މިހާރުވެސް އެންމެ އެކަށިގެންވާގޮތުގައި ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދެމުންނުދާ ކަމަށާ އޭނާ ބޭނުންވަނީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްކޮށް، ސަރުކާރު ސިޔާސަތު ތަންފީޒުކުރުމުގައި އެހީތެރިވެދިނުން ކަމަށެވެ.

އަލީ މުހައްމަދު އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ 2019 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355