twitterviber whatsapp telegramfacebookyoutube instagram
19th May 2024

ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް އެހީ ވަނީ

ޚަދީޖާ އާދަމް
Jan 28, 2021
1

ކޮވިޑާއި ގުޅިގެން މާލޭގައި ދިރިއުޅެން ދަތިވެފައިވާ އާއިލާތަކުގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އޭނާގެ ފޭސްބުކްގައި މިއަދު ވިދާޅުވީ، މާލޭގައި ދިރިއުޅެން ދަތިވެފައިވާ މީހުންނަށް އަލުން އަނބުރާ ރަށަށް ދިރިއުޅުން ބޭނުން ނަމަ ސަރުކާރުން އެކަމަށް އެހީ ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ދިރުއުޅުން ބަދަލުކުރަމް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ނަންބަރު 1421 އަށް ގުޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

އެ ޕްރޮގްރަމުގެ ދަށުން އެހީ ދެނީ 500 އާއިލާއަށެވެ. މި ޕްރޮގްރާމަށް އަހަރެއްގެ މައްޗަށް 26.7 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް މުހައްމަދު "ސަން"އަށް ދެއްވި އިންޓަވިއެއްގައި ވަނީ ވިދާޅުފައެވެ.

އެ ޕްރޮގްރާމުގެ ދަށުން އެހީ ހޯދަން ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ހޮވާނީ އެކި މިނިސްޓްރީތަކުގެ ބޭފުޅުން ހިމެނޭ ކޮމިޓީއަކުންނެވެ. އެކޮމިޓީއިން ޝަރުތު ހަމަވޭތޯ ބަލާއިރު ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލާތާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި އާއިލާގެ މެމްބަރުން އަދަދާއި ދިރިއުޅެމުންދާ ތަނުގެ ހާލަތަށްވެސް ބަލާނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބިތޯވެސް ބަލާނެ އެވެ.

އެހީ ވާން ނިންމާފައި ވަނީ އިންޓްރެސްޓަކާ ނުލައި ލޯނު ދޫކޮށްގެންނެވެ. އެގޮތުން، ގެދޮރު މަރާމާތު ކުރުމަށް އަދި ގޭތެރޭގެ ފަރުނީޗަރު ފަދަ އެއްޗެހި ގަތުމަށް 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރަން ނިންމާފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

މީގެ އިތުރުން ހަ މަސް ދުވަހުގެ މުއްދަތަށް ކޮންމެ އާއިލާއަކަށް ޒަރޫރީ ކަންކަމަށް ފައިސާގެ އިނާޔަތްވެސް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އަމިއްލަ ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސަން އެހީ ވުމަށްވެސް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355